ޑްރަގްސް ބޭނުންކުރާތީ މަންމައަކު އޭނާގެ ދަރިފުޅު މަރާލައިފި

އިންޑިއާގެ ސްޓޭޓެއް ކަމުގައިވާ އަންދްރަ ޕްރަދޭޝްގައި 43 އަހަރުގެ މަންމައަކު އޭނަގެ 17 އަހަރުގެ ފިރިހެން ދަރިފުޅު މަރާލައިފިއެވެ. މަރާލައިފައިވާ ސަބަބަކީ، އޭނަގެ ދަރިފުޅު ޑްރަގްސް އަށް ދެވި ހިފުމުންނެވެ.

މި ހާދިސާ ހިނގީ އެ ސްޓޭޓްގެ "ގަންޓާ" ނަމަކަށް ކިޔާ ޓައުންއެއްގައި މިދިޔަ ހޮނިހިރު ދުވަހުއެވެ. ބޭރުގެ ޙަބަރުތަކުގައި ރިޕޯޓުކޮށްފައިވާގޮތުން، ވެލީޕޫ ސިދާތާ ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާއަކީ، ވީޑް ސްމޯކް ކުރުމަށް ދެވިހިފައިފައިވާ ކުއްޖެކެވެ. އަދި ވީޑް ގަތުމަށް އޭނަގެ މަންމައަށް ބިރުދައްކާ އަނިޔާކޮށް މަންމަގެ އަތުން ރުފިޔާ ހޯދާ ކަމަށްވެއެވެ. އަދި އޭނަގެ މަންމަ، ސޮމްލަތާ މިފަދަ ދިރިއުޅުމެއް އުޅެމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާގައި ވާގޮތުން، ސޮމްލަތާ ކުރާ މަސައްކަތަކީ ކުންފުންޏެއްގައި ސާފުކުރާ މީހެއްގެ ވަޒީފާއެވެ. އަދި އޭނަގެ ފިރިމީހާ މަރުވެފައިވާއިރު، ދިރިއުޅެމުން އައީ އޭނަގެ ފިރިހެން ދަރިފުޅާއެކު ގެއެއްގައި ކުލި ދައްކައިގެންނެވެ.

މަސްތުވާތަކެތީގެ އަވާގައި ޖެހި، އޭނަގެ ފިރިހެން ދަރިފުޅު ސިދާތާ ވަނީ ކިޔެވުންވެސް ހުއްޓާލައިފައެވެ. އަދި ޑްރަގްސް ގަތުމަށް އޭނަގެ މަންމައަށް ބިރުދައްކައިގެން ރުފިޔާ ހޯދުމުން އައެވެ.

މިދިޔަ ހޮނިހިރު ދުވަހު ސޮމްލަތާ އާއި ސިދާތާ އާއި ދެމެދު އަރާރުންވާ އަޑު އިވުނު ކަމަށް އެމީހުންގެ އަވައްޓެރިން ބުނެފައިވެއެވެ. އަދި މި ޒުވާބަށްފަހު އެދުވަހު ސޮމަލްތާ އޭނަ ދިރިއުޅޭ ފްލެޓް ދޫކޮށް ދަމުން، އޭނަގެ ކިބައިން އެންމެ ފަހުން ސަލާމަތްވެއްޖެ ކަމަށް ބުނި ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި އޭގެ ފަހުން ސިދާތާ ގޭ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އަވައްޓެރިންނަށެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ