މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް)ގެ މާލެ ބަނދަރުގަައި ހިނގި އެކްސިޑެންޓެއްގަައި ޓާފް ރޯލެއް ދަށުވެ ގިނަ އަނިޔާތަކެއްވި ޒުވާނާ (ހދ ނޮޅިވަަރަމު / ނައިޓްޑްރީމް، ޢިމްރާން ޢަލީ) އަށް އެހީ ހޯދުމުގެ ގޮތުން ހަރަކާތްތަކެއް ހިންގުމަށް ތައްޔާރުވަމުން އެބަދެއެވެ.
އެގޮތުން މާދަމާ، 13 ފެބުރުވަރީ 2021 ވާ ހޮނިހިރު ދުވަހު މަސައްކަތު ދުވަހެއް ފާހަަގަކުރުމަށް އެރަށުގައި ހަރަކާތްތެރިވާ ކުލަބު ޖަމިއްޔާތަކާއި ޓީމުތަކުން ނިންމައިފިއެވެ. އެއާއެކު ރަށުގެ ހަތަރު ސަރަހައްދެއްގައި އަދި މާލޭގައި ވެސް ފަންޑުފޮށިތަކެއް ބެހެއްޓޭނެެއެވެ. އަދި، ކަނބަލުންގެ ހެދިކާ ކެންޓީނެއް ހަވީރު ރަށުގެ ބަނދަަރު ސަރަހައްދުގައި ހިންގާނެއެވެ.
މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން، މަސައްކަތު ދުވަހުގެ ފަންޑަށް ފައިސާ ޖަމާކޮށްދޭނެ ކަމަށް ރިސޯޓުތަކުގައި މަސައްކަތްކުރާ ޓީމުތަކުން ވެސް ދަނީ ބުނަމުންނެވެ.
މިކަންކަމުން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ޢިމްރާނަށެވެ.

ޢިމްރާނު ދަށުވި ޓާފު ރޯލަކީ އޭނާ އުފަން ރަށުގެ ދަނޑުގައި އަޅަން ގެނަ ޓާފުރޯލުތަކުން ޓާފުރޯލެކެވެ. އެ ޓާފުތައް މިހާރުވަނީ ނޮޅިވަރަމަށް ގެނެސްފައެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވާ އުމުރުން 28 އަހަރުގެ އިމްރާން ޢަލީއަށް އަދިވެސް ދަނީ އައިޖީއެމް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އަދި ކުރިއަށް ގިނަ އޮޕަރޭޝަންތަކެއް ހުރިކަމަށް ޑަކްޓަރާ ހަވާލާދީ އާއިލާއިން ބުނެއެވެ.
ޢިމްރާންގެ ޢާއިލާއަށް ގުޅުއްވުމަށް: 9756004 (އައިޝަތު މުޙްސިނާ – ޢިމްރާނުގެ ދޮންތަ)




