nazla

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ 8 ހަފްތާފަހުން: ޑރ. ނަޒްލާ

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ދޭންފަށައިފައިވާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ އަށް ހަފްތާ ފަހުން ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދނީ ފުރަތަމަ ޑޯޒް ދޭތާ އަށް ހަފްތާ ފަހުން ކަމަށެވެ. އަދި މިގޮތަށް ނިންމައިފައިވަނީ ރާއްޖޭގެ ޓެކް ޓީމާއި ޑަބްލިއުއެޗްއޯގެ އިރުޝާދުތަކަށް ބެލުމަށްފަހު ކަމަށެވެ.

މީގެއިތުރުން ޑރ. ނަޒްލާ ވިދާޅުވީ، ވެކްސިނަކީ މިބަލީގެ ފަރުވާނޫން ކަމަށާއި ނަމަވެސް މި ޕެންޑަމިކާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ހަތިޔާރެއް ކަމަށެވެ.

މިހާތަނަށް ރާއްޖޭގައި 56،218 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވެއެވެ. މީގެތެރެއިން 43،838 މީހުންނަކީ މާލެ ސަރަހައްދުން މި ވެކްސިން ދީފައިވާ މީހުންނެވެ. އަތޮޅުތެރޭ ރައްތަކުން ވެކްސިން ދީފައިވަނީ 12،380 މީހުންނަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ