People pass by lit up lanterns during the Lunar New Year holiday in Taipei, Taiwan, February 14, 2021. REUTERS/Ann Wang

ބްރެޒިލް ކޮވިޑް ވޭރިއަންޓް ތައިވާނުން ފެނިއްޖެ

ތައިވާނުން އިން ކޮވިޑް-19 ގެ އާ ވޭރިއަންޓް ފެނިފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ވިދާޅުވެއްޖެއެވެ.

ތައިވާނުގެ ސަރުކާރުން ވިދާޅުވީ، ބްރެޒިލްއިން ފެނުނު ކޮވިޑް-19 ގެ ވޭރިއަންޓް ތައިވާނުން ފެނިފައިވާކަމަށެވެ. އެގޮތުން މި ވޭރިއަންޓަށް 3 މީހަކު ޕޮޒިޓިވްވެފައިވާކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ.

އެއާއެކު މިހާރުން ފެށިގެން ބްރެޒިލް އިން އަންނަ ކޮންމެ މީހަކުވެސްކަރު ހާއްސަ ކަރަންޓީނު ފެސިލިޓީއެއްގައި ކަރަންޓީނު ވާންޖެހޭނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.

އެގޮތުން ކުރިއަށްއޮތްތާގައި ބްރެޒިލް އިން ތައިވާނަށް އަންނަ އަދި ފާއިތުވި 14 ދުވަސްތެރޭގައި ބްރެޒިލް އަށް ގޮސްފައިވާ ފަރާތްތަށްވެސް ހާއްސަ ކަރަންޓީނު ފެސިލިޓީގައި 14 ދުވަސް ކަރަންޓީނު ވާންޖެހޭނެއެވެ.

މި ހާއްސަ ފެސިލިޓީގައި ކަރަންޓީނުވާ އެންމެން ހާއްސަ ބެލުމުގެ ދަށުން ސަރުކާރުގެ އޮތޯރިޓީތަކުން މޮނީޓަރިން ކުރާނެއެވެ.

ތައިވާނުގެ ހެލްތް މިނިސްޓަރ ވިދާޅުވިގޮތުގައ، ކޮވިޑްގެ އާ ވޭރިއަންޓަށް ޕޮޒިޓިވްވި 3 މީހުންވެސް ޕޮޒިޓިވްވެފައިވަނީ، އެންމެ ފުރަތަމަ ބްރެޒިލް އިން ފެނުނު 'P1' ބްރެޒިލް ވޭރިއަންޓަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ