ދާ އަޅައިގެން މަސް ހިފަން އޮތް ބޭރު ބޯޓެއް ހުއްޓުވުމުގެ މަސައްކަތް ފަށައިފި

ދާ އަޅައިގެން މަސް ހިފަން އޮތް ބޭރުގެ ބޯޓެއް ހުއްޓުވުމުގެ މަސައްކަތް ކަންނެލި ދޯނިފަހަރުން ފަށައިފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ނ. އަތޮޅާ ދިމާ 30 މޭލު ބޭރުން ދާ އަޅައިގެން މަސްހިފަން އޮތް ބޯޓެއްގެ މަޢުލޫމާތު ކޯސްޓްގާރޑާ ހިއްސާކޮށްފައިވާ ކަމަށާއި، އެ ސަރަހައްދަށް 2 ކަންނެލި ދޯނި ދިއުމުން ދާ ނަގައިގެން އެބޯޓު ބޭރަށް ދުއްވަމުންދާކަމަށެވެ.

މި ބޯޓު ހުއްޓުވުމުގެ މަަސައްކަތް މަހިބަދޫ އަސަރީ ދޯންޏާއި، އއ.މާޅޮހު އެޑްރިއަން ދޯނިން ކުރަމުން އަންނަ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ވަނީ ބުނެފައެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ވިދާޅުވީ، މިހާރު މިބޯޓް ވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށައް ގެނެސްފައި ކަމަށާއި، މި މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ އެސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސަރީ" ދޯނިން މިއަދު 08:40 ހާއިރު ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
511
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Abdulla Mahir

    Raajjeyge dhifaaee lashkarakee abadhuvess dhivehi rayyithun. Beyru gaumegge askariyya mithaa nethass migaumu kaafaru mujuthamau thakuge baaruge dhashah dhiveheen dhookoh nulaane!

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ