ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހަކު ނިޔާވެއްޖެ

ފުވައްމުލައްސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ޒުވާނަކު ނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލްނުވެ ގޮސް ގަހެއްގައި ޖެހުމުގެ ސަބަބުންނެވެ.

މި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ އަހުމަދު މުތީއު އާއި އާމިލް އަހުމަދުއެވެ. މި ދެމީހުން ވެސް ނިޔަވެފައިވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނި ކަށަވަރު ކޮށްދީފައެވެ.

މީގެ ތެރެއިން މުތީއު އަކީ މީގެ ކުރިންވެސް ނުރައްކާތެރި އެކްސިޑެންޓެއްގައި ފުރާނަ ސަލާމަތްވާނެކަމުގެ އުންމީދު ޑޮކްޓަރުން ކަނޑާލައިފައިވާމީހެކެވެ. ނަމަވެސް އެފަހަރު އޭޑީކޭ އިން ފަރުވާދީ އޭނާގެ ފުރާނަ ވަނީ ސަލާމަތް ކޮށްފައެވެ. އެ އެކްސިޑެންޓް ހިނގާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

އަހުމަދު މުތީއު އާއި އާމިލް އަހުމަދު

މިއަދު ހަވީރުގެ ވަގުތެއްގައި ފުވައްމުލަކުގައި ހިނގި އެކްސިޑެންޓްގައި މި ދެ ޒުވާނުން ނިޔާވެފައިވާއިރު، އެކްސިޑެންޓްވި ކާރުވެސް ވަނީ އެއްކޮށްހެން ހަލާކުވެފައެވެ.

މި އެކްސިޑެންޓް ހިނގައި ކާރުގައި އެ ދެ ޒުވާނުން ވަނީ ކާރުގައި ތާށިވެފައެވެ. އަދި އެ ދެ މީހުން ނިޔާވެފައި ވަނީ ކާރުން ނަގައި ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަފަހުންނެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ދެ މީހުންގެ ހާލުވެސް ވަރަށް ސީރިއަސްއެވެ.

ފުވައްމުލަކުގައި މިއަދު އެކްސިޑެންޓްވި ކާރު - ފޮޓޯ: އެމްވީކްރައިސިސް

މި އެކްސިޑެންޓްގައި ނިޔާވި މުތީޢު ނިޔާވެފައި ވަނީ ހަވީރު 4:56 ހާއިރު އެވެ. އަދި އާމިލް ނިޔާވެފައި ވަނީ 5:04 ހާއިރުއެވެ.

މިލިޔުން ކިޔާލުމުން
119
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ