ކަނޑުހުޅުދޫ ސުކޫލް ދަރިވަރުންނަށް މައުލޫމާތު ދީފި

ގއ. ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަނުން އެރަށުގެ ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދީ ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ހިންގައިފިއެވެ.

މިމާރިޗު މަހުގެ 5 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމަކީ ގއ.ކަނޑުހުޅުދޫއަކީ ކުށްމަދު އަމާންވެއްޓެއް ގާއިމްވެފައިވާ ރަށެއްގެ ގޮތުގައި ބޭއްވުމުގެ ގޮތުންނާއި ސްކޫލު ދަރިވަރުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެކެވެ.

ފުލުހުން ވިދާޅުވީ، މި ޕްރޮގްރާމުގައި އާންމު އިޖުތިމާއީ މިންގަޑުތަކާ ބެހޭގޮތުންނާއި މަގުމަތީގެ އަދަބުތަކާއި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދާ ގުޅޭގޮތުން މައުލޫމާތު ދީފައިވާނެ ކަމަށެވެ. އަދި  މި ދުވަސްވަރަކީ މުޅި ރާއްޖޭގައި ނުކައްކާތެރެ ބަލިމަޑު ކަމެށް ފެތުރެމުންދާ ދުވަސްވަރެއްކަމުން އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށް އަމަލުކޮށް، މާސްކް އެޅުމާއި ގިނަގިނައިން އަތްދޮވެ ސާފްތާހިރުމަށް އިސްކަންދިނުމަށް ދަރިވަރުންނަށް އިރުޝާދުދީފައިވާ ކަމަށެވެ.

ގއ.ކަނޑުހުޅުދޫ ސުކޫލުގެ ގްރޭޑް 10،9،8 ގައި ތަޢުލީމު ހާސިލްކުރަމުންދާ 30 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ގއ.ކަނޑުހުޅުދޫގައި ކުށްމަދު އަމާންވެއްޓެއް ގާއިމްކޮށް ސްކޫލު ދަރިވަރުންނާއި ރައްޔިތުން ހޭލުންތެރިކުރުމަށް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ