މަޝްހޫރު ޓޯކް ޝޯ ހޯސްޓް އޯޕްރާ ވިންފްރޭއަށް ޕްރިންސް ހެރީ އާއި އަނބިކަނބަލުން އަދި ޑަޗެސް އޮފް ސަސެކްސް، މޭގަން މާކަލްދެއްވި އިންޓަވިއު 17.1 މިލިއަން މީހުން އެމެރިކާގައި ބަލާފައިވާކަމަށް ސީބީއެސް އިން ބުނެފިއެވެ.
އިއްޔެ ސީބީއެސްއިން ދެއްކި މި އިންޓަވިއުގައި ދެ ބޭފުޅުން ވަނީ ޝާހީ ދިރިއުޅުމުގެ ތަޖުރިބާ ހިއްސާ ކުރައްވާފައެވެ. މިގޮތުން ޝާހީ އާއިލާއިން ނަސްލީ ތަފާތުކުރުން ގެންގުޅޭ ކަމަށް މޭގަން ތުހުމަތު ކޮށްފައިވާއިރު ހެރީ ވިދާޅުވެފައިވާ ގޮތުގައި އާއިލާގެ ތެރޭގައި މޭގަންއާ ދެކޮޅަށް ފެށުނީއްސުރެ ނުބައި އެޖެންޑާއެއް ގެންގުޅެފައިވެއެވެ.
ސީބީއެސްއިން ބުނީ ދެގަޑިއިރަށް ދިގުދެމިގެން ދިޔަ މި އިންޓަރވިއުއަކީ ސުޕަރ ބޯލް އަށްފަހު އެމެރިކާގައި އެންމެ ގިނަ މީހުން ބެލި ޓީވީ ސެޕެޝަލް ކަމަށެވެ.
You can now watch CBS Presents Oprah with Meghan and Harry: A Primetime Special on https://t.co/bbQB95Wwph and the CBS app. #OprahMeghanHarry pic.twitter.com/YBv6qhP4x3
— CBS (@CBS) March 8, 2021
ސީބީއެސްއިން އިއްޔެ ދެއްކި މި އިންޓަރވިއުއަކީ މިދިޔަ އަހަރުގެ ކުރީކޮޅު ޝާހީ ޒިންމާތައް ދޫކޮށްލައްވައި ދެކަނބަލުން އެމެރިކާއަށް ބަދަލުވެ ދެއްވި ފުރަތަމަ އިންޓަރވިއުއެވެ.
މި އިންޓަރވިއު ސީބީއެސްއިން އާންމުކުރުމުގެ ކުރިން ނެރުނު ޕްރޮމޯއަށް ލިބުނު ސަމާލުކަމާއި ގުޅިގެން އިންޓަރވިއު އާންމުކުރުމުން ބަލާނެ މީހުން އިތުރުވެގެންދާނެކަން މީގެކުރިންވެސްވަނީ އަންދާޒާ ކުރެވިފައެވެ.




