ރާއްޖެއަށް މިހާރު ކުރަމުންގެންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވެ، މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު ހަވީރު 15:30 އިން ރޭގަނޑު 20:30 އަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ޅ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މެޓް އޮފީހުން ވިދާޅުވީ، އެލާޓްގެ ވަގުތުގައި މިސަރަހައްދުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގާތްގަޑަކަށް ގަޑިޔަކު 40 މޭލަށް ވައިގަދަވާނެ ކަމަށެވެ.
Alert White for heavy rain and thunderstorms with gust of 40 mph. pic.twitter.com/3JZs3EK58A
— Maldives Meteorology (@MetMaldives) March 14, 2021
ކުރިއަށް އޮތް ވަގުތުތަކުގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި މެދުރާއްޖެތެރެ އާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
" ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އުރުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ. ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެވަރަކަށް މަޑު ވާނެ އަދި އެހެން ހިސާބުގައި އާދައިގެވަރަކަށް ގަދަ ވާނެ. ވިލާގަނޑުގައި ކަނޑުތައް ގަދަ ވާނެ." މެޓް އޮފީހުން ވިދާޅުވިއެވެ.
އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.




