ރަސްމާދޫ ރައްޔިތުން ނިކުމެ މަސްތުވާތަކެތި ބޭނުންކުރާކަމަށް ބެލެވޭ ތިންމީހަކު ރަށުން ބޭރުކޮށްފި

ރ. ރަސްމާދޫ ރައްޔިތުން ނިކުމެ އެރަށުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ޝައްކުކުރެވޭ ތިންމީހަކު ރަށުން ބޭރުކޮށްފިއެވެ.

ރަސްމާދޫ ކައުންސިލްގެ ރައީސް ޠާހާ ރަޝީދުު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިފަދަ ހާދިސާއެއް އެރަށުގައި ހިނގައިގެން އުޅޭ ކަމަށާއި އަދި މި ތިންމީހުން މިހާރު އެރަށުން ބޭރުކޮށްފައިވާ ކަމަށެވެ.

ރަށުން ބޭރުކުރި ތިން މީހުންގެ ތެރެއިން އެކަކީ އިނގުރައިދޫ މީހެއްކަމަށާއި ދެވަނަ މީހަކީ ބިދޭސީއެއް ކަމަށާއި އަދި ތިންވަނަ މީހަކީ ރަސްމާދޫ އަންހެނަކާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ މާލެއަށް ނިސްބަތްވާ މީހެއް ކަމަށް މައުލޫމާތު ލިބޭކަމަށް ޠާހާ ރަޝީދުު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޑިމާންޑްކުރީ ފުލުހުންނާއި ވާހަކަދައްކައިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެންދިއުމަށް ނަމަވެސް ފުލުހުން އެކަމަށް ދެކޮޅު ހަދައި އަޅުގަނޑުމެންނަށް ފުލުހުންގެ އެއްބާރުލުމެއް އެކަމަށް ނުލިބުނު" ޠާހާ ރަޝީދުު ވިދާޅުވިއެވެ.

ރަށުން ބޭރުކުރި ތިން މީހުންނަކީ މިވަގުތު ރަސްމާދޫގައި މަސްތުވާތަކެތި ބޭނުން ކުރަމުންދާކަމަށް ރަށުގެ ރައްޔިތުންނަށް އިނގޭ ތިންމީހުން ކަމަށާއި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިއަދު އެމީހުން ރަށުން ބޭރުކުރުމަށް ނިކުމެފައިވަނީ އެމީހުން ގެނަ ތަކެތީގެ ތެރެއިން މަސްތުވާތަކެތި ފެނި އެކަމާ ނުބެހޭ ޒުވާނަކު ފުލުހުން ހައްޔަރު ކުރުމުން ކަމަށްވެސް ޠާހާ ރަޝީދުު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

މިލިޔުން ކިޔާލުމުން
19521
ގުޅުންހުރި ލިޔުންތައް

4 Responses

  1. Dunthari

    Apple farry in etherekuree farryge cuppi ah neguneebaa

    • David

      Kahpi akah neygeyne meehaku ehcheh ufiyakas e ee ekamah thamreenu hadhaafaeh noon kahpin thibeyneekee

  2. Council Raees

    Fuluhun amalu kuraany qaanoonuga oiy echchakah.. Ebadhalu koffa buney fuluhun alhaanuli ey noony kamaa nubehey meeheh hayyaru koggeney dhiyaee… Kamaa nubehey meeheh hayyaru kuran jehunu sababeh ves onnaane… So loa hulhuvaigen thiya rares ves qaanoon asaasy kiyaafa anga hulhuvaa.. Fuluhun ves beynun vaane thiya baigadu rah rashun beyru koggen hama jehigen ulhen.. Ekam thiya kahala dholhu roanaa raeesun thibenya vaane haethi vaane.. V vedhun Council raees

  3. މުހައްމަދު

    ކުރިނބީނަމަ ކާކުބާ ބޭރުކޮށްލާނީ؟

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ