ފޮޓޯ: ދުވަސް

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 14 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ސާބިތުވެ، 14 އަހަރަށް ޖަލަށްލުމަށް މީހެއްގެ މައްޗަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ އުމުރުން 50 އަހަރުގެ އދ. ދިގުރަށު ކަނީރުވިލާ ހުސައިން ޔަހްޔާގެ މައްޗަށެވެ. އަދި މައްސަލައަކީ 2015 ވަނަ އަހަރު ހިނގި ކަމަކަށްވާއިރު، މި މައްސަލަ 2017 ވަނަ އަހަރު އދ. ދިގުރަށު ކޯޓުންވަނީ ބަލާފައިވާކަންވެސް ފާހަގަކޮށްލެވެއެެވެ.  އެ ކޯޓުގައި ހިނގި ޝަރީއަތުގައި ކަނޑައަޅާފައިވަނީ އެ މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ފަރާތުން، ޕީޖީ ވަނީ މިމައްސަލަ ފަހުން ހައިކޯޓަށް އިސްތިއުނާފުކޮށްފައެވެ.

ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގިކަން ސާބިތުވެ ޔަހުޔާގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް ހައިކޯޓުން މިއަދު ކޮށްފައިވަނީ މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރުއާއި، ފަނޑިޔާރު ހަސަން ޝަފީއުއާއި، ފަނޑިޔާރު ހުސައިން މަޒީދުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ