ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ސަސްޕެންޑްކުރި އެ ޔުނިވާރ ސިޓީގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒް އަބްދުއް ލަތީފުގެ ސަސްޕެންޝަންއުވާލައިފިއެވެ.
ސޯޝަލްމީޑިއާގައި ކުރި ޕޯސްޓަކާއި ގުޅިގެން ޑރ. އިޔާޒް ސަސްޕެންޑް ކޮށްފައިވަނީ 2021 މާރިޗު 05 ވަނަ ދުވަހުއެވެ. އެބޭފުޅާގެ ސަސްޕެންޝަން އުވާލާފައި ވަނީ މިއަދުއެވެ.
ޑރ. އޮޔާޒް މި ނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި އެބޭފުޅާ ސަސްޕެންޑް ކޮށްފައި ވަނީ ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކާއި ގުޅިގެން އެމްއެންޔޫއަށް ލިބިފައިވާ ޝަކުވާއެއް ތަޙްޤީޤު ކުރުމަށެވެ.
އެގޮތުން ސޯޝަލް މީޑިއާގައި ލިޔާ ބައެއް ލިޔުންތަކާއި ގުޅިގެން އައިސްފައިވާ ޝަކުވާއެއް ތަޙްޤީޤު ކުރުމަށްޓަކައި 14 ދުވަހުގެ މުއްދަތަށް ޑރ. އެ ޔުނިވާރސިޓީން ވަނީ ޑރ. އިޔާޒް ސަސްޕެންޑް ކޮށްފައެވެ.
ޑރ. އިޔާޒް ސަސްޕެންޑް ކުރި އިރު އޭނާ އަށް މީގެ ކުރިން ވަނީ ލިޔުމުންވެސް ނަޞޭޙަތް ދެއްވާފައެވެ. އެގޮތުން އެ ޔުނިވާރސިޓީން އެބޭފުޅާ އަށް ލިޔުމުން ނަޞޭޙަތް ދެއްވާފައި ވަނީ ސިޔާސީ ޓްވީޓްތަކާ ގުޅިގެން ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން ލިބެމުންދާ ކަމަށްބުނެއެވެ.
ޑރ. އިޔާޒް ސަސްޕެންޑް ކުރުމާއި ގުޅިގެން ވިދާޅުވީ އެބޭފުޅާއާއި ގުޅިގެން މީހަކު ޝަކުވާއެއް ހުށައެޅިނަމަވެސް އެބޭފުޅާއަކީ އެމްއެންޔޫގެ މެނޭޖްމަންޓްގައި މަސައްކަތް ކުރާ މީހެއްނޫންކަމަށާއި އެހެންކަމުން އެ ޝަކުވާ ތަޙްޤީޤު ކުރުމަށް އެބޭފުޅާއަކަށް ނުފޫޒު ނުފޯރުވޭނެކަމަށެވެ. އަދި ކިޔަވައި ދިނުމަށް ހުރަސް ނޭޅިނަމަވެސް މައްސަލަ ތަޙްޤީޤު ކުރެވިދާނެކަމަށާއި އަދި ތަޙްޤީޤު ކުރުމަށްފަހު ފިޔަވަޅެއް އަޅަންޖެހޭނަމަ އެޅުން އެންމެ ރަނގަޅު ކަމުގައި ޑރ. އިޔާޒް ވަނީ ވިދާޅުވެފައެވެ.




ހިޔާލު
Alhamdu lillaahi. Dr,iyaaz Mifada halaboli zamaanehga haggah vakaalaatu kuraa masah katah barakaah lavvaa barakaah ituru kurahvaandey Aameen