މާލެ މަގުމަތީ ބަޔަކު ހިނގާފައިދަނީ / ފޮޓޯ: މިހާރު

ކޮވިޑް-19: ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު 7 ދުވަހަށް ދިގު ދަންމާލައިފި

ކޮވިޑް19 ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް އިތުރުކޮށްފިއެވެ.

ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވަމުން ދިއުމާ އެކު، ބަލި ކޮންޓްރޯލު ކުރުމަށް ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަތް ދުވަހަށް އިތުރުކުރިކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ހަތް ދުވަހުގެ މުއްދަތު އިތުރު ފިޔަވަޅުތައް

  • ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުނިކުތުން
  • އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމުތަންތަނަށް އެއްވެއުޅުން
  • ޕާކްތަކާއި މައިޒާންތައް ބަންދުކުރުން.
  • ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ބަންދުކުރުން
  • ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކް ބަންދުކުރުން
  • ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުން ހުއްޓާލުން
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު އަދި ކަސްރަތު ހަރަކާތްތައް ހުއްޓާލުން

މީގެ އިތުރުން، އެޗްޕީއޭން ވަކިގޮތެއް އަންގަންދެން، ހާއްސަ ހުއްދައިގެ ދަށުން މާލޭން ރަށްރަށަށް ދާ މީހުން، 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ޕީސީއާރެއް އޮތުމާއި ޕްރީ ސްކޫލާއި ނާސަރީ ގްރޭޑްތަކުގައި ކިޔަވައިދިނުން ހުއްޓާލުން ހިމެނެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ