ވޮމެންސް ވޯލްޑްކަޕް – ސްޕެއިން ބަލިކޮށް ޖަރުމަނު ގްރޫޕްގެ އެއްވަނައަށް

ފީފާ ވޮމެންސް ވޯލްޑްކަޕްގައި ރޭ ސްޕެއިން އަދި ޖަރުމަނު ބައްދަލުކުރި މެޗު ހަނިގޮތަށް ކާމިޔާބުކޮށް ގްރޫޕް ބީ ގެ އެއްވަނަ ޖަރުމަނު ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗު ޖަރުމަނު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 42 ވަނަ މިނަޓްގައި ޖަރުމަނަށް ޖަހައިދިނީ ބަޔާން މިއުނިކްގެ މެދުތެރެއަށް ކުޅެމުން އަންނަ ސާރާ ޑެބްރިޓްސްއެވެ.

ރޭގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ޑެބްރިޓްސްއެވެ.

ސާރާ ޑެބްރިޓްސް މެޗުގެ މޮޅުކުޅުންތެރިޔާގެ އެވޯޑާއެކު - ފޮޓޯ: ގޯލް.ކޮމް

މެޗުގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. އަދި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ސްޕެއިންއަށް ލިބުނު ނަމަވެސް މިފުރުޞަތުތަކުގެ ބޭނުންވަނީ ހިފޭގޮތް ނުވެފައެވެ.

ކުޅުނު ދެމެޗުން މޮޅުވެ ޖަރުމަނަށް ޖުމްލަ 6 ޕޮއިންޓް ލިބުނުއިރު ދެވަނާގައި އޮތް ސްޕެއިންއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ.

މިގްރޫޕްގައި ދެން ހިމެނެނީ ސައުތު އެފްރިކާއާއި ޗައިނާއެވެ. މިދެޓީމުވެސްވަނީ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި މިދެޓީމު ބައްދަލުކުރަން ޖެހޭއިރު އެމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

" ސްޕެއިން ކުޅުންތެރިން ވަރަށް މޮޅު. އެހެންނަމަވެސް މެޗުންވަނީ އަހަރެމެން މޮޅުވެފަ. ބޭނުންވީވެސް އެކަން. " މެޗަށްފަހު ވާހަކަ ދައްކަމުން މެޗުގައި ލަނޑު ޖަހައިދިން ޑެބްރިޓްސް ބުންޏެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ސްޕެިންގެ ކޯޗު ވިލްޑާ ބުނެފައިވަނީ ޖަރުމަނު ޓީމަކީ ދުނިޔޭގެ ދެވަނަކަމަށާއި ޖަރުމަނާއެކު ކުޅެ ވަރުގަދަ ކުޅުމެއް ދެއްކިފައިވުމުން ސްޕެއިން މޮޅުކަން ފެނިއްޖެކަމަށެވެ. މިހާރު ހުރިހާ ވިސްނުމެއްވެސް ހުރީ ޗައިނާއާ ބައްދަލުކުރާ މެޗަށްކަމަށާއި ޖަރުމަނުގައ ދަށްވީ އަމިއްލައަށް ހެދުނު ގޯސްތަކެއްގެ ސަބަބުންކަމަށްވެސް ވިލްޑާ ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ