ކޮވިޑް-19 ޖެހިގެން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
"ވަގުތު" އޮންލައިންގައި ބުނެފައިވަނީ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި ފަރުވާދެމުން ދިޔަ އަންހެނެެއްކަމަށެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 65 ވަނަ މީހާއެވެ.
އަދި އޭނާގެ އުމުރަކީ 79 އަހަރެވެ.
މި އަހަރުު މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން 17 މީހަކުވަނީ ނިޔާވެފައެވެ. އޭގެތެރެއިން ޖެނުއަރީ މަހު 4 މީހަކު ނިޔާވެފައިވާއިރު، ނިމުނު ފެބްރުއަރީމަހުވަނީ 10 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިހިނގާ މާރޗް މަހު ކޮވިޑް ޖެހިގެން މިހާތަނަށް ތިން މީހަކު ރާއްޖެއިންވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ފަހަކަށް އައިސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލޭގައި އަޅާފައިވާ ފިޔަވަޅުތައް މިއަދުވަނީ އިތުރުކޮށްފައެވެ.
ކޮވިޑުގެ ހާލަތު ރާއްޖޭގައި ގޯސްވަމުން ދިއުމާ އެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އެ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަތް ދުވަހަށް އިތުރުކުރިކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.



