63 ވަނަ ފަަހަރަށް ރާއްޖެ އައި ފްރާންސްގެ ދެމަފިރިއަކަށް ހޫނު މަރުހަބާއެއް ކިޔައިފި

63 ވަނަ ފަަހަރަށް ރާއްޖެ އައި ފްރާންސްގެ ދެމަފިރިއަކަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ފްރާންސްގެ މާޓް ނިޓަލް އާއި ނެޓަލީ ނިޓަލް މިއަދު ރާއްޖެއަށް އައިސްފައިވާއިރު، މިއިީ މިދެމަފިރިން ރާއްޖެއައި 63 ވަނަ ފަހަރެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ވަނީވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އެދެމަފިރިންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އޭގެ އިތުރުން އެއާޕޯޓުގައި ހުންނަ ކޮކޯޕާމް ދުނިކޮޅު ލައުންޖްގައި އެ ދެމަފިރިންގެ ޝަރަފުގައި ވަނީ ކޭކެއް ވެސް ފަޅާފައެވެ.

މާޓް ނިޓަލް އާއި ނެޓަލީ ނިޓަލް ބުނި ގޮތުގައި އެދެމަފިރިން 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ފަހަރަކު ވެސް ރާއްޖެއަށް އަންނަނީ ރާއްޖޭގެ ރީތިކަން ދެކިލުމަށާއި، ރާއްޖޭން ލިބޭ ހިތްހެޔޮ މެހެމާންދާރީގެ ސަބަބުން ކަަމަށް އެދެމަފިރިން ބުނެއެވެ.

ރާއްޖެއަކީ "ރިޕީޓް ޓޫރިސްޓުން" ގިނަ އަދަދަކަށް އަންނަ މަންޒިލަކަށްވާއިރު، އެފަދަ މީހުންގެ ދަތުރުތައް ޓޫރިޒަމް މިނިސްޓްރީން އަންނަނީ ފާހަގަކުރަމުންނެވެ. ބޭނުމަކީ ޓޫރިސްޓުންގެ ހިތުގައި ރާއްޖެއާއި މެދު އޮތްލޯބި އިތުރުކުރުމެވެ. އެގޮތުން މި މަހު 13 ގައި ރާއްޖެއަށް 60 ވަނަ ފަހަރަށް ޒިޔާރަތްކުރި ދެމަފިރިއަކަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެއީ ފްރާންސަށް ނިސްބަތްވާ ސާޖް ޑިސޯ (މިސްޓަ ބީން) އާއި ޖޮސެލް ޑިސޯއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ