މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 140 މީހުން

މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނީ 140 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 4،397 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 140 ސާމްޕަލް ކަމަށެވެ.

އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 102 މީހުން، އަތޮޅުތެރޭ ރައްތަކުން 17 މީހުން، ރިސޯޓުތަކުން 14 މީހުން، ފަތުރުވެރިންނަށް ހާއްސަ ކަނޑުއުޅަނދުތަކުން ހަމީހުން، އަދި ހަދަމުންދާ ރިސޯޓުތަކުން އެކަކެވެ.

މިހާތަނަށް ކޮވިޑް-19 އަށް 22،513 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 20،004 އެވެ.

މިވަގުތު 2،436 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 95 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ