އަށް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ހައްޔަރުކޮށްފި

އއ. އަތޮޅުގެ ރަށެއްގައި އަށް އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން މިއަދު މީހަކު ހައްޔަރު ކޮށްފިއެވެ.

މިމައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރެހެނެކެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، "25 މެއި 2019 ވަނަ ދުވަހު 10:00 ހާއިރު މެދުރާއްޖެ ތެރެއިން ރަށެއްގައި 8 އަހަރުގެ ކުޑަކުއްޖަކާއިމެދު ޖިންސީ ގޯނާކުރި މައްސަލައިގައި 58 އަހަރުގެ ފިރެހެނެއް ކޯޓު އަމުރެއްގެ ދަށުން މިއަދުވަނީ ހައްޔަރު ކުރެވިފައި" ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާ އަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލާ ކަމަކަށް ވާތީ، އަނިޔާ ލިބޭ ކުދިންގެ މައުލޫމާތު އާންމު ނުކުރާ ކަމަށެވެ. 

ފުލުހުން މިމައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި މިވަނީ، މިމައްސަލަ ފުލުހުންނަށް ހުށަހެޅިތާ ދެ ހަފުތާއެއްހާ ދުވަސް ފަހުންނެވެ.

ޖެންޑާ މިނިސްޓްރީ އިން އިއްޔެ ބުނީ އއ. އަތޮޅުގެ ރަށަކުން ޖިންސީ ގޯނާގެ މައްސަލައެއް އެ މިނިސްޓްރީ އަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ