މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނަކަމަށް ލަފާކޮށް، ރާއްޖޭގެ އެންމެ އުތުރަށް ޔެލޯ އެލާރޓް ނެރެފިއެވެ.
މެޓް އޮޮފީހުން މި އެލާރޓް ނެރެފައިވަނީ ހއ. އަތޮޅުން ޅ. އަތޮޅަށެވެ.
މިރޭގެ 19:45 އިން 23:00 އަށް ނެރެފައިވާ މިޔެލޯ އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބާރަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.
Yellow Advisory for Heavy thundershowers pic.twitter.com/XeiRTrU2Pn
— Maldives Meteorology (@MetMaldives) March 27, 2021
މީގެ ގަޑިއެއްހާއިރުކުރިން މެޓް އޮފީހުންވަނީ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ވައިޓް އެލާރޓް ނެރެފައެވެ.
މެޓް އޮފީހުން މިރޭ 8:00 އިން މާދަމާ ރޭ 8:00 އާއި ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމުގައި ވިދާޅުވެފައެވެ.
"ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވޭ" މެޓް އޮފީހުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރާއްޖެގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، އަދި ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީވެ އެންމެހައި ފަރާތަތަކުން މޫސުމަށް ސަމާލު ވުމަށް މެތް އޮފީހުން ވަނީ ދަންނަވާފައެވެ.



