ހަތަރު ޒުވާނަކު މަރާލި މައްސަލައިގައި ޕާކިސްތާނުގައި މުޒާހަރާކުރަން ފަށައިފިއެވެ.
އެތައްހާސްބަޔަކު ޖަމާވެ މިއަދުކުރި މި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިން ސަރުކާރަށް ގޮވާލައިފައިވަނީ ވީނުވީތަނެއް ނޭންގި ގެއްލުނު ހަތަރު ޒުވާނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގުކޮށްދިނުމަށެވެ.
މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި މި ހަތަރު ޒުވާނުން މަރާލައިފައިވަނީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އަނިޔާ ކުރުމަށްފަހުއެވެ. ގެއްލިގެން ހޯދަމުންދިޔަ ހަތަރު ޒުވާނުން ފެނިފައިވަނީ ވަރަށް ތިލައިގައި ވަޅުލައިފައި ވަނިކޮށެވެ. މި ހަތަރު ޒުވާނުން ފެނުނުއިރު ހަށިގަނޑުން އަނިޔާ ކުރިކަމުގެ ނިޝާން ފެއްނަން ހުއްޓެވެ.
ޕާކިސްތާނުގެ ހުޅަނގު އުތުރުގައި ހިނގި މިހާދިސާގައި މަރާލެވިފައިވަނިކޮށް ފެނުނު ހަތަރު ޒުވާނުންގެ އުމުރަކީ 15 އަހަރާއި 20 އަހަރާ ދެމެދެވެ. މި ޒުވާނުންގެ އާއިލާތަކުން ބުނެފައިވަނީ ޒުވާނުންތައް ގެއްލިފައިވަނީ ސަލާމަތީ ބާރުތަކުން ތަހުގީގަށް އެ ޒުވާނުން ހައްޔަރުކުރިފަހުން ކަމަށެވެ.
މިމައްސަލައިގައި މިއަދު މަގުތައް މައްޗަށް ނިކުމެ މުޒާހަރާކުރި ފަރާތްތަކުން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް ވަނުމަށް މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް ފުލުހުންވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައިފައެވެ.




