މޫސުން ގޯސްވެ، ވެލިނަގަންދިޔަ ބަޔަކު ހާލުގައި ޖެހިއްޖެ

މޫސުން ގޯސްވެ، ވެލިނަގަންދިޔަ ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ޅ. ހިންނަވަރު ކައިރީގައި އޮތް ފިނޮޅަކަށް ވެލިނަގަން ގޮސްތިބި، 3 ބިދޭސީން މޫސުން ގޯސްވެގެން ހާލުގައި ޖެހިފައިވަނިކޮށް އެމްއެންޑީއެފް އިން ސަލާމަތްކޮށްފައިވާ ކަމަށެވެ.

މި މީހުން ފެނިފައިވަނީ ޅ.ހިންނަވަރަށް އެމްއެންޑީއެފްގެ ނޮދާރން އޭރިއާގެ ނައިފަރު ފަޔަރ ޓީމް ދަތުރުކުރަމުން ދިޔަ މަގުމަތީގައެވެ.

ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައިގައި މިއަދު ދޯންޏެއް އަޑިއަށްގޮސް، ބާޖެއް ފަރަކަށް ލަށްވެ، ހިންނަވަރަށް އުދަ އަރަމުންދާއިރު، މިއަދު އިރޮއޮއްސި 06:00 އާއި ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.

އަދި ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑޫއާއި ފުވައްމުލަކަށް މި ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ