45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ހއ. އަތޮޅުން ފެށިގެން ރ އަތޮޅުގެ ސަރަހައްދަށެވެ.
މެޓް އޮފީހުން ވިދާޅުވީ، މި ސަރައްދަށް މިއަދު ހަވީރު 16:15 އިން ފެށިގެން މިރޭ 21:15 އަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
Alert White for heavy rain and thunderstorms with gust winds of 45 mph. pic.twitter.com/I6CKIeHnlx
— Maldives Meteorology (@MetMaldives) March 29, 2021
މެޓް އޮފީހުން މިއަދު ހަވީރު 18:00 އަށް ބ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރު ދަށްވާން ފަށާނީ މާދަމާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން ވިދާޅުވީ، މިއަދާއި މިރޭ ދެކުނާއި، މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށާއި އުތުރުގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކޮށް، ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.



