ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 147 މީހުން

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 147 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 3،472 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 147 ސާމްޕަލް ކަމަށެވެ.

އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 65 މީހުން، އަތޮޅުތެރޭ ރައްތަކުން 69 މީހުން، ރިސޯޓުތަކުން 10 މީހުން، ތަރައްގީ ކުރަމުން އަންނަ ރިސޯޓުތަކުން އެކަކު، އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން ރައްތަކުން ދެމީހުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް 23،671 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 20،839 އެވެ.

މިވަގުތު 2،759 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 93 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ