ކޮވިޑް-19 އަށް މިއަދު300 މީހުން ޕޮޒިޓިވުވެފައިވާކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 3،625 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 300 ސާމްޕަލް ކަމަށެވެ.
އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 94 މީހުން، އަތޮޅުތެރޭ ރައްތަކުން 96 މީހުން، ރިސޯޓުތަކުން 15 މީހުން، އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން 95 މީހުންނެވެ.
✳️ COVID-19 : Case Updates
As of 01.04.2021, 06:00 PM
Malé area: 94
Inhabited islands: 96
Operational Resorts: 15
Non-operational Resorts: 0
Live aboard: 0
Islands under development: 0
Industrial/islands used for other purposes : 95Total number of cases: 300 pic.twitter.com/w4AIKHQQDr
— Health Protection Agency (@HPA_MV) April 1, 2021
މިހާތަނަށް ކޮވިޑް-19 އަށް 24،379 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 21،282 އެވެ.
މިވަގުތު 3،022 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 101 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.




