ކޮވިޑް-19: މިއަދު ޕޮޒިޓިވްވީ 169 މީހުން

ކޮވިޑް-19 އަށް މިއަދު 169 މީހުން ޕޮޒިޓިވުވެފައިވާކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ސަތޭކައިން މަތީގައި އުޅުނުނަމަވެސް، މިއީ އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދާއި ބަލާއިރު ދަށް އަދަދެކެވެ. އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެވަނީ 300 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 3،044 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 169 ސާމްޕަލް ކަމަށެވެ.

އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 67 މީހުން، އަތޮޅުތެރޭ ރައްތަކުން 65 މީހުން، ރިސޯޓުތަކުން 29 މީހުން، އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން 8 މީހުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް 24،548 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 21،368 އެވެ.

މިވަގުތު 3،104 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 89 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

ކޮވިޑް-19 ގެ ބަލި މަޑުކަމުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ޕްރޮގްރާމްގައި ރާއްޖޭގައި ހަލުވިކަމާއެކު ކުރިއަށްދާއިރު މާދަމާއަކީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށާ ދުވަހެވެ. އޮގުތުން މާދަމާ މާލޭ ސަރަޙައްދުގެ 5 ސެންޓަރެއްގައި ކޮވިޑު ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.

ރާއްޖޭގައި ކޮވިޑް-19 ވެކްސިން ކެމްޕެއިން ފަށައިފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. މި ކެމްޕެއިންގެ ދަށުން މުޅި ޖުމްލަ މިހާތަނަށް 240،773 މީހުންނަށް ވެކްސިންވަނީ ދީފައެވެ. މިހާތަނަށް މުޅި ޖުމްލަ މާލޭ އޭރިއާއިން 132،044 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭ ރައްތަކުން މުޅި ޖުމްލަ ވެކްސިން ދިންމީހުންގެ އަދަދަކީ 108،729 އެވެ.

https://feshun.wonstasite.com/117847

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ