ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 103 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 3،063 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 103 ސާމްޕަލް ކަމަށެވެ.
އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 58 މީހުން، އަތޮޅުތެރޭ ރައްތަކުން 24 މީހުން، އަދި ރިސޯޓުތަކުން 21 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/EGMNceuXsp
— Health Protection Agency (@HPA_MV) April 3, 2021
މިހާތަނަށް ކޮވިޑް-19 އަށް 24،651 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 21،512 އެވެ.
މިވަގުތު 3،063 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 94 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.



