ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 132 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 3،061 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 132 ސާމްޕަލް ކަމަށެވެ.
އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 67 މީހުން، އަތޮޅުތެރޭ ރައްތަކުން 45 މީހުން، ރިސޯޓުތަކުން 19 މީހުން، އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން އެކަކެވެ.
✳️ COVID-19 : Case Updates pic.twitter.com/9GKtDLZvHS
— Health Protection Agency (@HPA_MV) April 4, 2021
މިހާތަނަށް ކޮވިޑް-19 އަށް 24،783 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 21،646 އެވެ.
މިވަގުތު 3،061 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 83 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.



