ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 138 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 4،034 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 138 ސާމްޕަލް ކަމަށެވެ.
އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 84 މީހުން، އަތޮޅުތެރޭ ރައްތަކުން 44 މީހުން، ރިސޯޓުތަކުން ހަމީހުން އަދި ސިނާއީ މަސައްކަތްކުރާ ރައްތަކުން ހަތަރު މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/yNQMoTS0C9
— Health Protection Agency (@HPA_MV) April 7, 2021
މިހާތަނަށް ކޮވިޑް-19 އަށް 25،191 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 22،014 އެވެ.
މިވަގުތު 3،101 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 88 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.




