ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވި މީހުންގެ އަދަދު 100 އިން ދަށަށް

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 88 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، މިއަދު ކޮވިޑް-19 އަށް ޓެސްޓުކުރުމަށް 2،664 ސާމްޕަލް ނަގައިފައިވާ ކަމަށާއި މީގެތެރެއިން ޕޮޒިޓިވުވެފައިވަނީ 88 ސާމްޕަލް ކަމަށެވެ.

އަލަށް މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން37 މީހުން، އަތޮޅުތެރޭ ރައްތަކުން31 މީހުން، އަދި ރިސޯޓުތަކުން 20 މީހުންނެވެ.

މިހާތަނަށް ކޮވިޑް-19 އަށް 25،524 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 22،429 އެވެ.

މިވަގުތު 3،019 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 78 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ