އިންޑިއާއިން ރެމްޑެސިވިއާ ބޭސް ބޭރުކުރުން ވަގުތީގޮތުން ހުއްޓާލައިފި

އިންޑިއާއިން އެންޓިވައިރަލް ބޭހެއް ކަމަށްވާ ރެމްޑެސިވިއާ އެގައުމުން ބޭރުކުރުން ވަގުތީގޮތުން ހުއްޓާލައިފިއެވެ.

އިންޑިއާއިން މިގޮތަށް ނިންމައިފައިވަނީ އަނެއްކާވެސް އިންޑިއާގައި ކޮވިޑް-19 ކޭސްތައް އިތުރުވާން ފެށުމާއެކު މި ބޭހަށް އޮތް ޑިމާންޑް އިތުރުވެ އިންޑިއާގެ ބަޔެއް ހިސާބުތަކުން މި ބޭސް ލިބުމުގައި ދަތިތަކާއި ކުރިމަތިވަމުންދާތީއެވެ.

ދުނިޔޭގެ ބޭސްފިހާރައިގެ ގޮތުގައި މައްޝޫރުވެފައިވާ އިންޑިއާއިން މީގެކުރިންވަނީ ކޮވިޑް ވެކްސިން އެގައުމުން ބޭރުކުރުމުގައިވެސް ހިފެހެއްޓުންތަކެއް ގެންގުޅެން ފަށައިފައެވެ. އިންޑިއާގައި ފާއިތުވެދިޔަ ހަތްދުވަހުގެ ތެރެއިން ހަދުވަހު ރިކޯޑް އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮޒިޓިވުވެފައި ވެއެވެ. މިއަދުވެސް އިންޑިއާއިން 152,879 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވެއެވެ.

އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ހަމަޔަކަށް އެޅެންދެން ރެމްޑެސިވިއާ ބޭސް ގައުމުން ބޭރުކުރުން ހުއްޓާލަން އަމުރު ނެރުމުގެ އިތުރުން އިންޑިއާގެ ސިއްހީ ވުޒާރާއިންވަނީ މި ބޭސް އުފައްދާ ކުންފުނިތަކަށް ބޭސް އުފައްދާ އަދަދު އިތުރުކުރުމަށްވެސް އެދިފައެވެ.

ރެމްޑިސިވިއާ އަކީ އެމެރިކާގެ ގިލިއަޑް ކުންފުނިން އިބޯލާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ އުފެއްދި ބޭހެކެވެ. ރެމްޑިސިވިއާ އަކީ ބައެއް ވައިރަސްތައް ހަށިގަނޑުގެ ތެރޭގައި އިތުރުވުން ހުއްޓުވާ ބޭހެކެވެ.

އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތު (އެންއައިއެޗް)އިން ވަނީ ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ރެމްޑެސިވިއާ ދިނުމުން އެމީހުން ބަލިން ރަނގަޅުވާން ނަގާ މުއްދަތު ކުރުވާ ކަމަށް ޓެސްޓުތަކުން ދައްކާފައިވާ ކަމަށް ބުނެފަ އެވެ. އެ ޓެސްޓުތައް ހަދާފައި ވަނީ އެކި ގައުމުތަކުގެ 1،063 ބަލި މީހުން ހިމަނައިގެންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ