ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލެ ސިޓީއަށް އައި ބަދަލާ ދޭތެރޭގައި ވިސްނަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ނިމިދިޔަ އިންތިޚާބުގައި އެންމެބޮޑަށް ފާހަގަކުރެވުނު އެއް ނަތީޖާއަކީ، މާލޭސިޓީގެ ނަތީޖާކަމަށާއި، މާލޭސިޓީގެ ކައުންސިލަށް މިއައި ބަދަލާ ދޭތެރޭ ވިސްނަން ޖެހޭކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، މާލޭސިޓީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަން. އިޙްސާސްތަކެއް އެބޭފުޅުން ފާހަގަކުރައްވައިފި" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އިރާދަކުރެއްވިއްޔާ މާލޭސިޓީއާއި އަދި ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ހުރިހާ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިޙްސާސްތައް ދެނެގަނެ، އެ ކަންތައްތައް ހާސިލުކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެކަމުގެ ޔަޤީކަން އަރުވާކަމަށެވެ.
ރައީސް ވިދާޅުވީ އަލަށް ލޯކަލް ކައުންސިލްގެ ޤާނޫނަށް ގެނެވުނު ބޮޑެތި ބަދަލުތަކަކާ އެކުގައި އަލަށް އިންތިޚާބުވި ކައުންސިލުން އެ ހަވާލުވެވަޑައިގަންނަވަނީ ވަރަށްބޮޑު ބަދަލުތަކަކާ އެކު ވަރަށްބޮޑު މަސްއޫލިއްޔަތުތަކަކާކަމަށެވެ.
"ވަރަށްބޮޑު މަސްއޫލިއްޔަތުތަކަކާއި ބާރުތަކެއް މިވަނީ ކައުންސިލްތަކަށް ދޫކޮށްލެވިފައި. އަޅުގަނޑު އުއްމީދު ކުރަނީ، މި ބަދަލުތަކާ އެކުގައި، މި ހޮވުނު ކައުންސިލްތަކުން އަޅުގަނޑުމެންގެ އުއްމީދުތައް ހާސިލުކުރުމުގައި އެއްބާރުލުންދީ، އެކީގައި އެ މަސައްކަތް ކުރާނެ ކަމުގައި" ރައީސް ވިދާޅުވިއެވެ.
ނިމިދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ފުރަތަމަ ފަހަރަށް މާލެ ސިޓީގެ މޭޔަރ ކަން އެމްޑީއަށް ގެއްލިފައިވައިރު، މާލެ ސިޓީގެ ގޮިނަ ގޮނޑިތަކެއްވެސް ވަނީ އެމްޑީޕީއަށް ގެއްލިފައެވެ.
2 Responses
ibra bune fa e othee v goiy. party vote foshee ga anni aiy elhema e kan elction vote foshin dhe kee. party aa suportarun ge ruhun ne meehaku anni dhekki akas emeehaa aka vote nulaane
Beleema konkameh kureveynee ehkamehves misaruksarakah nukureveyne amihla ***** bodukure veynee.