ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވުވެފައިވަނީ 85 މީހުން ކަމަށް ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން ކޮވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 2413 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 85 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 39 މީހުން، އަތޮޅުތެރޭ ރަށްތަކުން 38 މީހުން، އަދި ރިސޯޓުތަކުން 08 މީހުންނެވެ.
✳️ COVID-19 : Case Updates pic.twitter.com/mZJ7nLux6Q
— Health Protection Agency (@HPA_MV) April 14, 2021
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 25،844 މީހުން ޕޮޒިޓިވުވެފައިވާއިރު މީގެތެރެއިން މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 23،141 އެވެ. މިވަގުތު 2،627 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 57 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 67 މީހަކުވަނީ ނިޔާވެފައެވެ.




