ކޮވިޑް-19 ޖެހިގެން ނިޔާވި މީހަކު ވަޅުލުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ | ފޮޓޯ: އެމްއެންޑީއެފް

ކޮވިޑް ޖެހިގެން މިއަދު އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން މިއަދު އިތުރު މީހަކު ރާއްޖެއިން ނިޔާވެއްޖެއެވެ.

"ވަގުތު" ނޫހުން ރިޕޯރޓްކޮށްފައިވާ ގޮތުގައި އެމީހާ އައިޖީއެމްއެޗް އަށް ގެންގޮސްފައި ވަނީ ނިޔާވެގެންނެވެ. އަދި އެ ހޮސްޕިޓަލަށް ގެންދާ މީހުން، ކޮވިޑަށް ޓެސްޓު ކުރާ އުސޫލުން އެ މީހާވެސް ޓެސްޓު ކުރުމުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ނިޔާވެފައިވަނީ 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ކޮވިޑު-19 ޖެހިގެން މިއަދު ނިޔާވި ދެވަނަ މީހާއެވެ.

މީގެކުރިން ނިޔާވެފައިވަނީ އުމުރުން 82 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ފަރުވާދެމުން ދަނިކޮށް މިއަދު 11:12 ގައެވެ.

ރާއްޖޭގައި މިހާތަނަށް 25،939 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. އޭގެ ތެރެއިން 23،242 މީހަކު މި ބަލިން ރަނގަޅުވެފައިވާއިރު، 2،621 މީހަކު މިހަރުވެސް ދަނީ މި ބައްޔަށް ފަރުވާ ހޯދަމުންނެވެ. އެޗްޕީއޭއިން ރޭ ހާމަ ކޮށްފައިވާ ގޮތުގައި 58 ދަނީ ހޮސްޕިޓަލުގައި މި ބައްޔަށް ފަރުވާ ހޯދަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ