ބ. މާޅޮސް

ދެ ފަތުރުވެރިން ޕޮޒިޓިވުވެ މާޅޮސް މޮނިޓަރިންނަށް

ދެ ފަތުރުވެރިން ކޮވިޑް-19 އަށް ޕޮޒިޓިވުވެ ބ.މާޅޮސް މޮނިޓަރިންނަށް ލައިފިއެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޕޮޒިޓިވުވި ދެ ފަތުރުވެރިންނަކީ އެރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ރަށުން ފުރުމުގެ ކުރިން ސާމްޕަލް ނެގި ދެ ފަތުރުވެރިން ކަމަށެވެ.

މި ދެ ފަތުރުވެރިންނާއި ބައްދަލުވި ހަތް މީހެއްގެ ސާމްޕަލް ނަގައި އެމީހުން ކަރަންޓީނަށް ލައިފައިވާއިރު މި ދެ ފަތުރުވެރިން މާޅޮހަށް އައިކަމަށް މައުލޫމާތު ލިބިފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. އަދި މި ދެ ފަތުރުވެރިންނަކީ އިންޑިއާ ދެ މީހުންކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19ގެ ކޭސްތައް އަތޮޅުތެރޭގައި އިތުރުވާން ފަށައިފައިވާއިރު އިއްޔެ އަތޮޅުތެރޭ ރައްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 24 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ