ސިއްހީ މަސައްކަތްތެރިން ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލިން ނެގުމުގެ މަސައްކަތުގައި | ފޮޓޯ: ކޭއާރުއެޗް

ކޮވިޑް-19: މިއަދު އިތުރު 203 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް މިއަދު އިތުރު 203 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 3،238 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 203 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 115 މީހުން، އަތޮޅުތެރޭ ރަށްތަކުން 70 މީހުން، އަދި ރިސޯޓުތަކުން 18 މީހުންނެވެ.

މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 23،591 އެވެ. މިވަގުތު 2،678 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 60 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 70 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ

ރާއްޖޭއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ސަތޭކައިން ދަށުގައި ދުވަސްތަކަކު އޮތުމަށްފަހު، މައްޗަށް އަރާފައިވަނީ އިއްޔެއެވެ. އެގޮތުން އިއްޔެވެސް 124 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭންވަނީ ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ