ގދ. ކާޑެއްދޫ އެއާޕޯޓަށް އަރާ ފޭބުމަށް ބޭނުން ކުރާ ބަނދަރު ހެދުމަށްޓަކާ ހަދަން ޖެހޭ ސަވޭ ކުރުމުގެ މަސައްކަތް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން އާރުޑީސީއާއި ހަވާލުކޮށްފިއެވެ.
މިއެއްބަސްވުމުގައި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކުއެވެ. އަދި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީއެވެ.
މި މަސައްކަތް ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ވަނީ ހަމަޖެހިފައެވެ.

ގދ.ކާޑެއްދޫ އެއާޕޯޓަށް އަރާ ފޭބުމަށް ބޭނުންކުރާ ބަނދަރުގެ ސާވޭގެ މަސައްކަތް އާރުޑީސީއާއި ހަވާލުކުރީ އެބަނދަރު ތިލަވެ އެއްގަމު ތޮއްޓާއި ޖެޓީ ވެއްޓި އަރާ ފޭބުމަށް ދަތިވާވަރަށް ހަލާކުވެފައިވާތީ އެތަން އާންމު ހާލަތަކަށް ގެނައުމަށްޓަކާ ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް ސާވޭކޮށް އިންސްޕެކްޝަންތައް ކުރުމަށެވެ.



