ޕާކިސްތާނުގެ ލަގްޒަރީ ހޮޓަލެއްގައި ބޮމެއް ގޮއްވާލައި 5 މީހުން މަރާލައިފި

ޕާކިސްތާނުގެ ލަގްޒަރީ ހޮޓަލެއްގައި ބޮމެއް ގޮއްވާލައި 5 މީހުން މަރާލައި 12 މީހުން ޒަހަމްކޮށްލައިފިއެވެ.

ތޯލިބާނުން މި ހަމަލާގެ ޒިންމާ ނަގައިފައިވާއިރު މި ހަމަލާ އަމާޒުކޮށްފައިވަނީ ފުލުހުންނަށާއި އަދި ސަރުކާރުގެ އެހެން އޮފިޝަލުން ތަކަކަށް ކަމަށް ތޯލިބާނުން ބުނެއެވެ.

ހަމަލާ އަމާޒުވި ސެރެނާ ހޮޓެލްއަކީ އިސްބޭފުޅުން ތިއްބަވާ ފެންވަރު ރަނގަޅު ލަގްޒަރީ ހޮޓަލެކެވެ. މި ހޮޓަލައް ދެވުނު ހަމަލާގައި ބޮން ގޮއްވާލައިފައިވަނީ އެ ހޮޓަލުގެ ޕާރކިން އޭރިއާ ކައިރީއެވެ.

ތޯލިބާނުން ހަމަލާއާއި ގުޅޭގޮތުން ބުނެފައިވަނީ މިއީ ޖާނުން ފިދާވުމުގެ ހަމަލާއެއް ކަމަށާއި ހަމަލާގައި ގޮއްވާލައިފައިވަނީ ގޮވާތަކެތި އަޅައިފައިވާ ކާރެއް ކަމަށެވެ.

ސަރުކާރުގެ ބަޔެއް ފަރާތްތަކާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ހަމަލާ އަމާޒުކޮށްފައިވަނީ ޕާކިސްތާނަށް ކަނޑައަޅުއްވައިފައިވާ ޗައިނާގެ އެމްބެސެޑަރަށެވެ. މިހަމަލާދިން އިރު އެމްބެސެޑަރު ހޮޓަލުގައި ހުއްނެވި ކަމަކަށް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ