ދަރުމަވަންތަ ހޮސްޕިޓަލު / ފޮޓޯ: އެޑިޝަން

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބޭގޮތުގައި ކޮވިޑް-19 ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 85 އަހަރުގެ ދިވެހި އަންހެނެކެވެ.

މި އަންހެންމީހާ ނިޔާވެފައިވަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދެވެ. މިއާ އެކު، ރާއްޖެ އިން ކޮވިޑް ބަލީގައި ނިޔާވި މީހުންގެ އަދަދު 72 އަށް ވަނީ އަރައިފައެވެ.

ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް ރާއްޖޭގައި އިތުރުވާން ފަށައިފައިވާއިރު އިއްޔެ އެކަނިވެސް ރާއްޖެއިން މިބައްޔަށް 386 މީހުންވަނީ ޕޮޒިޓިވުވެފައެވެ. މުޅި ޖުމްލަ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 28،588 އެވެ.

މިވަގުތު ކޮވިޑް-19 އަށް ޕޮޒިޓިވުވެ ރާއްޖެއިން ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 4،009 އެވެ. މީގެތެރެއިން 119 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ