ހޯމް މިނިސްޓަރ އިމްރާން ވަޒީރު ކަމުން ދުރުކުރަނީތަ؟

ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓަކަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

މާނަ ފުން ވާހަކަފުޅުތަކެއް ޓްވީޓްގައި ގެނެސްދީފައިވާ އިރު، މި ވާހަކަތަކުން ސީދާ މާނަ ކޮށްދެނީ ކޮންކަމެއްކަމެއް ބުނެދީފައެއްނެވެ. އިމްރާންގެ އިބާރާތްތައް ގެނެސްފައި ވަނި މާ ފުންކޮށެވެ.

އިމްރާން ވިދާޅުވެފައި ވަނީ މާކިޔާބެއް ލިބުމަކީ ބޮޑާކަމާ ކިބުރުވެރިކަންދައްކާ އަނެކުން ނިކަމެތިކޮށް ޙައްޤުތަކުން މަޙްރޫމް ކުރަންވީ ސަބަބެއް ނޫންކަމަށާއި އަދި ކާމިޔާބެއް ލިބުމަކީ ހާސްވެ މާޔޫސްވެ ތިމާއާއި ތިމާގެ ޖަމާޢަތް ހަލާކުގެ ތެރެއަށް އެއްލާލަންވީ ސަބަބެއްވެސް ނޫންކަމަށެވެ.

އިމްރާން މިފަދަ ބަސްތަކަކުން ޓްވީޓް ކުރައްވާފައި މިވަނީ ވަޒީރުންގެ މަޖިލީހަށް ބޮޑެތި ބަދަލުތަކެއް ގެނަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

އެހެން ކަމުން އިމްރާންގެ މި ޓްވީޓް އިޝާރާތްކުރައްވާފައި ވަނީ އެކަމަށް ކަމުގައި ގިނަ ބަޔަކު ދަނީ ދެކެމުންނެވެ.

ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެނައުމުގެ އަޑުތައް ފެތުރިފައިވާއިރު، ބައެއް މިނިސްޓަރުން މަޤާމުން ދުރުކުރާނެކަމުގައިވެސް ވަނީ އަޑުތައް ފެތުރިފައެވެ.

އިމްރާންގެ ޓްވީޓަށް ރައްދު ދެއްވާ ގިނަ ބަޔަކު ވާހަކަ ދައްކަމުން އަންނައިރު، އެމްޑީޕީގައި ކުރިން އިސްކޮށް އުޅުއްވި ރުކުމާ ވިދާޅުވެފައި ވަނީ ތިޔަ ބަހުގެ ފުންކަމުން އިރުގެ ދޯފި ނުފޯރާކަމަށާއި، އަދި އެންމެ އިންޗިއެއް ތިލަވިޔަސް ޝިކާރަ ވުމުގެ ބިރު އޮތްކަމަށެވެ.

"ގަބޫލުކުރަން ވަޒީރު އަށް މިވަގުތު ބަސް ބުނުމުގެ މިނިވަންކަން އޮތް ހިސާބު. ތިޔަ ބުނެލާ ބަހުގެ ފުންކަމުން އިރުގެ ދޯފި ނުފޯރާ. ތި ވިދާޅުވާ ވަރަށް ވުރެން އެންމެ އިންޗިއެއް ތިލަވިޔަސް ޝިކާރަ ވުމުގެ ބިރު އެބައޮތެވެ. އަޅުގަނޑު ދޭނެ ނަސޭހަތަކީ އަދިވެސް ކުޑަކޮށް ކެމޮފްލާޖް ވެލާށެވެ." ރުކުމަ ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ