ފުރަބަންދުގެ ހާލަތުގައި މާލޭ މަގުމަތި | ފޮޓޯ: މިހާރު

މާލޭގައި އަޅާ ހަރުކަށި ފިޔަވަޅުތައް އިޢުލާންކޮށްފި

ކޮވިޑް ކޮންޓްރޯލްކުރުމަށް މާލޭ ސަރަޙައްދުގައި އަޅާ ހަރުކަށި ފިޔަވަޅުތައް އިޢުލާންކޮށްފިއެވެ.

ރާއްޖޭގެ ކޯވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން ބަލި ކޮންޓްރޯލް ކުރުމަށް އަނެއްކާވެސް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މިފިޔަވަޅުތައް އަޅަން ނިންމާފައިވަނީ 10 ދުވަހުގެ މުއްދަތަކަށެވެ.

މީގެއިތުރުންވެސް މާލޭ ސަރަޙައްދުގައި އިތުރު ފިޔަވަޅުތައް އެޅުމަށް ސަރުކާރުންވަނީ ނިންމާފައެވެ. އޭގެތެރޭގައި

  • ސްކޫލްތަކުގައި ހަމައެކަނި އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންދިއުން.
  • ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މި މުއްދަތުގެ ތެރޭގައި ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދިނުން.
  • ޕާކުތަކާއި، މައިދާންތަކާއި، ކުޅިވަރު ކުޅޭ ތަންތަނާއި، ދުވާ ޓްރެކްތަކާއި، ޓްރެކްތައް ބަންދުކުރުން.
  • ކުޅިވަރު ކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓާލުން.
  • މިސްކިތްތަކުގައި ނަމާދު ކުރާއިރު ނޭފަތާއި އަނގަ ނިވާވާގޮތަށް މާސްކު އެޅުމާއި، ގައިދުރުކަން ބެހެއްޓުން.
  • ރޭގަނޑު 12 އިން ފެށިގެން ފަތިހު 4 އަށް ވެހިކަލް ދުއްވުން މަނާކުރުން.
  • ހުއްދަޔާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވާ މީހުން ދިރިއުޅޭ ރަށް ރަށާއި ސިނާއީ، މަސައްކަތްކުރާ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން.
  • ވެކްސިން ޖެހުމުން ދަތުރު ކުރުމަށް ލިބިފައިވާ ލުއި މެދުކަނޑާލުން.
  • އިންޑިޔާއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ޕާރމިޓް ހޯލްޑަރސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކޮށް ޕީ.ސީ.އާރު ޓެސްޓްއެއް ހެދުން. ހިމެނެއެވެ.

މިފިޔަވަޅުތައް ސަރުކާރުން އަޅަން ނިންމާފައިވަނީ 05 މެއި 2021 ވާ ބުދަ ދުވަހުން ފެށިގެންނެވެ. އަދި 15 މެއި 2021 ވާ ބުދަދުވަހާއި ހަމައަށް މިފިޔަވަޅުތައް ދެމިގެންދާނެކަމަށްވެސް ސަރުކާރުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
1733124
ގުޅުންހުރި ލިޔުންތައް

2 Responses

  1. Mohamed

    HPA evves bayakah nuhadha gaumugai muzahara koh balifathuran gasthugai masakkaiy kuri faraaiy thakun zimmaavaan jeheyne. maa nuva kamakah hadhaigen fila thibbas.

    1
    3
  2. ސަހަރޯ

    މިސްކިތުގަ ހުންނަ ގަޑީގަދޯ މާސްކް ނޭފަތް އަނގަޔާ ނިވާކޮށް އަޅަންޖެހެނީ؟؟ މަގުމަތީގަ ލާހޫރެމުން ދާއިރު އޯކޭ ދަތްދޮޅިދަށަށް މާސްކް ވައްޓާލާފަ އޮތަސް. ހެއްވާބައެއް.

    4
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ