އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 20 މިލިއަނުން މައްޗަށް

އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދު 20 މިލިއަނުން މައްޗަށް އަރައިފިއެވެ.

އެންމެފަހުގެ ތަފާސްހިސާބު ދައްކާގޮތުން މުޅި ޖުމްލަ މިހާތަނަށް އިންޑިއާއިން ކޮވިޑް-19 އަށް 20,282,833 މީހުންވަނީ ޕޮޒިޓިވުވެފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 357،229 އެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 3،447,133 އެވެ.

އިންޑިއާ ސަރުކާރުގެ ރަސްމީ އިދާރާތަކުން މައުލޫމާތުދޭގޮތުގައި އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު މިހާރުވަނީ ދައްވާން ފަށައިފައެވެ. ސަރުކާރުގެ ރަސްމީ އިދާރާތަކުން މިހެން ބުނެފައި ވީނަމަވެސް ކޮވިޑް-19 އަށް އެގައުމުގައި ޓެސްޓުކުރާ އަދަދުތައްވެސްވަނީ ދައްވެފަކަން ފާހަގަކޮށްލެވެއެވެ.

އިންޑިއާގެ ހާލަތު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި ޓެސްޓުކުރާ މިންވަރު ދައްވެފައިވާތީވެ އިންޑިއާގެ އަސްލު ކޭސްލޯޑް މިހާރަށްވުރެ މަތިވުން އެކަށީގެންވެއެވެ.

މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހިގެން 222،000 ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ