ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ނިޔާވި މީހުންގެ އަދަދު ތިނަކަށް

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ނިޔާވި މީހުންގެ އަދަދު ތިނަކަށް އަރައިފިއެވެ.

ކޮވިޑް-19 ޖެހިގެން މިއަދު ތިންވަނައަށް ނިޔާވެފައިވަނީ އއ. ރަސްދޫ އަށް ޒިޔާރަތްކުރި އިންޑިއާގެ ފަތުރުވެރިއެކެވެ.

ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަލީ ރިޔާޒު ވިދާޅުވިގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވަނިކޮށް އެރަށުން މިއަދު ނިޔާވެފައިވަނީ އުމުރުން 60 އަހަރުން މަތީގެ ފިރެހެނެކެވެ.

މައުލޫމާތު ލިބޭގޮތުގައި އިންޑިއާއަށް ނިސްބަތްވާ މި ފިރެހެންމީހާ މިއަދު ނިޔާވެފައިވަނީ ހާލު ގޯސްވެގެން، އޮކްސިޖަންއާ އެއްޗެހި ހިފައިގެން ގޮސް ގެސްޓް ހައުސްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއަދު ޖުމްލަ ތިންމީހުން ކޮވިޑް-19 ޖެހިގެން މަރުވެފައިވާއިރު މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން އެންމެ ގިނައިން މީހުން މަރުވި ދުވަހެވެ.

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. Ah

    Bodu vazeeru mihaaru heki ebay feneytha

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ