ކޮވިޑް-19 ސާމާސާއެއްގެ ގޮތުގައި ބަލަންވީ ވަގުތު ފަހަނައަޅައި ގޮސްފިއެވެ.
އެހެނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު ހާހުން މައްޗަށް އަރައިފިކަމަށް ރިޕޯރޓްތައް ބުނެފިއެވެ.
މީގެ ދެހަފްތާއެއްހާ ކުރިން ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ސަތޭކައިން ދަށުގައި އޮތުމަށް ފަހު، އަރަން ފެށި ގޮތަށް ދުވަހެއް ދުވަހަކަށް މައްޗަށް އަރަމުން ގޮސް މިއަދު ހާހުން މައްޗަށް އެރީއެވެ.
އެގޮތުން މިއަދު 1091 ޕޮޒިޓިވް ކޭސް މިރޭ ރިޕޯރޓްކޮށްފައިވާއިރު، އޭގެތެރެއިިން 300 ކޭސްއަކީ ބެކްލޮގްގައި ހިމެނޭ ކުރިން ނަތީޖާ ނުލިބިހުރި ސާމްޕަލްތަކެއްކަމަށާއި، އެ ސާމްޕަލްތަކަށް 48 އިރަށްވުރެ ގިނައިރުވެފައިވާކަމަށްވެސް އެޗްޕީއޭއިިންވަނީ ހާމަކޮށްފައެވެ. އަދި އެޗްޕީއޭއިން ބުނި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 791 މީހުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ގެ އެންމެފަހުގެ ތަފާސްހިސާބު ހާމަކުރަމުން މިރޭ ވިދާޅުވީ، ކޮވިޑް-19 އަށް މިއަދު ޓެސްޓުކުރި 4،507 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވުވި ސާމްޕަލްގެ އަދަދަކީ 1091 ކަމަށެވެ. އެގޮތުން މިއަދު އަލަށް ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ އޭރިއާއިން 933 މީހުން، އަތޮޅުތެރޭ ރަށްތަކުން 147 މީހުން، އަދި ރިސޯޓުތަކުން 06 މީހުންނެވެ.
މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 26،299 އެވެ. މިވަގުތު 9،423 މީހުންނަށް ފަރުވާދެމުން އަންނައިރު މީގެތެރެއިން 250 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެންނެވެ. އަދި މިބަލީގައި ރާއްޖެއިން 84 މީހަކު ނިޔާވެފައިވާކަމަށްވެސް އެޗްޕީއޭއިންވަނީ މަޢުލޫމާތު ދީފައެވެ.
✳️ COVID-19 : Case Updates
Out of the 1091 cases being reported today:
- 300 cases fall under backlog (samples collected more than 48 hrs ago)
- 791 cases are positive cases from samples collected within the last 24hrs. pic.twitter.com/mIEcK1Uqkb
— Health Protection Agency (@HPA_MV) May 9, 2021
ރާއްޖޭގެ ކޮވިޑް ހާލަތު ގޯހުން ގޯހަށް ދިޔުމުން މިބަލި ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އަޅާފައިވާ ފިޔަވަޅުތައް މިހާރުވަނީ ވަރުގަދަ ކޮށްފައެވެ. މިއީ އެކަކު އަނެކަކުގެ ބޮލުގައި ޒިންމާ އެޅުވުމުގެ ބަދަލުގައި ފަރުދީ ޒިންމާ ނަގައި މިިބައްޔާއި ދެކޮޅަށް އެންމެން އެކުގައި ތެދުވަންވީ ވަގުތެވެ.
ކޮވިޑާއި ގުޅިގެން އަތޮޅުތެރޭގެ 31 ރަށެއް މިހާރުވެސް އޮތީ މޮނިޓަރިންގގައެވެ. އެރަށްތަކަކީ ޅ.ނައިފަރު، އދ.މާމިގިނލި، ތ.ވޭމަންޑޫ، ތ.މަޑިފުށި، ބ.އޭދަފުށި، ކ.ހިންމަފުށި، ކ.ގުޅި، ކ.މާފުށި، އއ.މަތިވެރި، ލ.މާންދޫ، ލ.ގަން، ލ.ފޮނަދޫ، ގދ.ތިނަދޫ، އއ.އުކުޅަސް، ކ.ތުލުސްދޫ، ލ.ދަނބިދޫ، އއ.ރަސްދޫ، އައްޑޫސިޓީ، ހއ. ދިއްދޫ، ފ.ފީއަލި، ހދ. ހަނިމާދޫ، ކ.ގުރައިދޫ، ފ.ނިލަންދޫ، ލ.އިސްދޫ، އދ.ފެންފުށި، ލ.މާވަށް، ޏ.ފުވައްމުލަށް، ނ.ވެލިދޫ، ށ.ފުނަދޫ، ށ.ޅައިމަގު އަދި ރ. ހުޅުދުއްފާރުގެ އިތުރުން ގދ.ގައްދޫއެވެ.




ހިޔާލު
ރައްޔިތުން ނަހާދާ ސަމާސާ އަކަށް
މިސަރުކާރުން އިންޑިއާއިން ވައިރަސް ފިލުވަން ގެންނަ މީހުން ގެނައުން ހުއްޓުމުން ވައިރަސް ކޮންޓުރޯލުވީ