ރަޝިއާގެ ސްކޫލަކަށް ބަޑިން ހަމަލާދީ ގިނަ އަދަދެއްގެ ދަރިވަރުން މަރާލައިފި

ރަޝިއާގެ ކާޒަން ސިޓީގެ ސްކޫލަކަށް ބަޑިން ހަމަލާދީ ގިނަ އަދަދެއްގެ ދަރިވަރުންނާއި ޓީޗަރަކު މަރާލައިފިއެވެ.

މަރުވި ދަރިވަރުންގެ އަދި ޔަގީން ކުރެވިފައި ނުވާއިރު ހަތްކުދިންނާއި އަދި ޓީޗަރަކު މަރުވެފައިވާކަމަށް ރަޝިއާގެ ބަޔެއް އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.

މިހާދިސާއާއި ގުޅިގެން ރަޝިއާގެ ވެރިރަށް މޮސްކޯގެ އިރުން އުމުރުން 19 އަހަރުގެ ޒުވާނެއް ހައްޔަރުކޮށްފައިވާކަމަށް ރަޝިއާގެ ފުލުހުން މައުލޫމާތު ދެއެވެ. މިހާދިސާ ދީފައިވަނީ ކޮން ސަބަބަކާހުރެކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ސްކޫލުގައި ބަޑިން ހަމަލާދިން ހާދިސާއާއި ގުޅިގެން ރަޝިއާގެ ރައީސް ޕުޓިންވަނީ އެގައުމުގެ ބަޑި ގެންގުޅުމުގެ ގާނޫނަށް ބަދަލުތަކެއް ގެއްނާނެކަމަށް ވިދާޅުވެފައެވެ.

ރަޝިއާގެ ސްކޫލްތަކުގައި މިފަދަ ހަމަލާތައް ދިނުމަކީ އެހާ އާންމުކަމެއް ނޫނެވެ. އެންމެފަހުންވެސް މިފަދަ ހަމަލާއެއް ރަޝިއާގެ ސްކޫލެއްގައި ދީފައިވަނީ 2018 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ