މާލޭ ސަރަހައްދު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ހުއްޓާލަން އަނގައިފި

މާލޭ ސަރަހައްދު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ހުއްޓާލަން އަނގައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާދަމާ އިން ފެށިގެން މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރަން ހުއްޓާލަން އަންގާ ކަމަށެވެ.

އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ، މިގޮތަށް އަމަލުކުރަން ނިންމައިފައިވަނީ މާދަމާއިން ފެށިގެން 18 މެއި ގެ ނިޔަލަށް ކަމަށެވެ. މާލެ ސަރަހައްދުކަމުގައި އެޗްޕީއޭ އިން ވިދާޅުވެފައިވަނީ، މާލޭގެ އިތުރުން ހުޅުމާލެ، އަދި ވިލިމާލެއެވެ.

އެޗްޕީއޭ އިން އިތުރު ފިޔަވަޅުތައް އަޅަން ފަށައިފައި މިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ގޮސް މީންދުވަހަކު އިތުރުނުވާ މިންވަރަށް އިތުރުވާން ފެށުމާއި ގުޅިގެންނެވެ.

މިވަގުތު ކޮވިޑް-19 އެކްޓިވް ކޮވިޑް ކޭސްތަކުގެ އަދަދަކީ 10،376 އެވެ. މީގެ ތެރެއިން 244 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، މި ބަލީގައި87 މީހަކު ދުނިޔެ ދޫކޮށްގޮސްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ