މާލެ ސަރަހައްދުގައި ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާ

މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކޮށްފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މާދަމާ އިން ފެށިގެން މާލެ ސަރަޙައްދުގައި ހަވީރު 04:00 އިން ފަތިހު 4:00 އާއި ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމަށް ވަނީ ނިންމާފައި ކަމަށެވެ.

އެޗްޕީއޭ އިން އިތުރަށް ވިދާޅުވީ މިގޮތަށް ނިންމައިފައިވަނީ މާދަމާއިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ކަމަށެވެ.

މާލޭ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުމުގެ ވަގުތު އިތުރުކޮށްފައި މިވަނީ ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރަށް ނިކުމެ އުޅުން މިމަހުގެ ހަވަނަ ދުވަހު މަނާކުރުމަށްފަހުއެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު 10،000 ވުރެ އިތުރު ވެފައިވާއިރު އިއްޔެ އެކަނިވެސް 729 މީހުންނަށް ކޮވިޑް-19 ވަނީ ޖެހިފައެވެ.

އެޗްޕީއޭ އިން ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް މިއަދު އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި 13 މެއި އިން ފެށިގެން ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ފަތުރުވެރިންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލުމާއި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިންބުއިން ހުއްޓާލައި ޑެލިވަރީ އަދި ޓޭކްއަވޭ ޚިދުމަތް ދިނުމާއި، ޕޮލިސް ޕަރމިޓާއެކު މެންދަަމު 12 އާއި ހަމަޔަށް ޑެލިވަރީ ޚިދުމަތުގެ ފުރުޞަތު ދިނުމާއި އަދި މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުން ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ