މޫސުން ގޯސްވެ، ރާއްޖޭގެ ދެކުނަށް ނެރެފައިވާ އޮރެންޖް އެލާރޓްގެ ވަގުތު އިތުރުކޮށްފިއެވެ.
މިރޭގެ 09:00 ން މިރޭގެ 11:00 އަށް މެޓް އޮފީހުން ނެރެފައިވާ އޮރެންޖް އެލާރޓްގައި ބުނެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހޭނެކަަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން ބޯ ވާރޭގެ ސަބަބުން މިސަރަޙައްދުގެ ރަށްތަކުގައި ފެންބޮޑުވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުންވަނީ ބުނެފައެވެ.
Alert Orange for Torrential rain and possible flooding pic.twitter.com/w8TYNuUY7m
— Maldives Meteorology (@MetMaldives) May 12, 2021
ރާއްޖޭގެ ދެކުނަށް ނެރެފައިވާ އޮރެންޖު އެލާރޓްގެ ވަގުތު އިތުރުކޮށްފައިވާއިރު، އްޖެއަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫގެ މަގުތަކުގައި ފެން ބޮޑުވެ ބައެއް ގެތަކަށްވަނީ ފެން ވަދެފައެވެ.
މިރޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ބުނެފައިވަނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
"ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނު އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވޭ." މެޓް އޮފީހުން ބުނެފައިވެއެވެ.
އަދި ބުނީ، ރާއްޖޭގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެކަމަށާއި، ރާޅުގެ އުސްމިނުގައި 4 - 8 ފޫޓު ހުންނައިރު، ދިޔަވަރު ބޮޑުގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ.
އެގޮތުން ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށްވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.
https://feshun.wonstasite.com/120846



