ރައީސް ނަޝީދު ފުރާވަޑައިގަތުން - ފޮޓޯ: އަދަދު

ވަރުގަދަ ސެކިއުރިޓީ އާއެކު، ރައީސް ނަޝީދު ޖަރުމަނަށް ފުރާވައިގެންފި

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިތުރު ފަރުވާއަށް އެމަނިކުފާނު މިއަދު ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ޖަރުމަނަށް ފުރާވަޑައިގެން އިރު، އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.

އެގޮތުން މާލޭ ތެރޭގައި ސިފައިންނާއި ފުލުހުން އެމަނިކުފާނުގެ ސެކިއުރިޓީ ބެހެއްޓުމަށް ހަތިޔާރާއެކު ހަރަކާތްތެރިވިއިރު، އެމަނިކުފާނު އެއަރޕޯޓާ ހަމައަށް ގެންގޮސްފައިވަނީ ވަރަށް ވަރުގަދަ ސެކިއުރިޓީއެއްގައެވެ.

ރައީސް ނަޝީދުގެ ސެކިރިޓީ މިހާވަރުގަދަ ކޮށްފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމަނިކުފާނު ކާރުކޮޅަސް އަރާވަޑައިގަންނަވަނިކޮށް އެމަނިކުފާނަށް އަމާޒުކޮށް އެއްޗެއް ގޮއްވާލުމާއި ގުޅިގެންނެވެ.

މިހަމަލާގައި އެމަނިކުފާނަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ. މި އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި އެމަނިކުފާނު ވަނީ ފަރުވާ ހޯއްދަވާފައެވެ.

އޭޑީކޭ ހޮސްޕިޓަލުން ހާމަ ކުރައްވާފައިވާ ގޮތުގައި މިހަމަލާގައި ލިބިނު އަނިޔާތަކުން އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރެވުނީ ކިޔާކަމަށެވެ. އެގޮތުން އެމަނިކުފާނުގެ ފުރާނަ ސަލާމަތް ކުރުމަށް ގިނަ ސާޖަރީތަކެއް ހައްދަވާފައިވާއިރު، ފުރާނައަށް ނުރައްކާ ވާފަދަ އެތައް އަނިޔާތަކެއް ލިބިވަޑައިގެންފައިވާކަމުގައި އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ