އިންޑިއާ އަންހެން ޓީޗަރެއް ކުރިނބީ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އަންހެން ޓީޗަރަކު، ހދ.ކުރިނބީ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި އޮއްވަ ފެނިފައިވަނީ އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ "ރަމްޔާ" ނަމަކަށް ކިޔާ ޒުވާން ޓީޗަރެކެވެ.

ކައިވެނިވެސް ކޮށްގެން އުޅޭ މި އަންހެން ޓީޗަރު މަރުވެފައި އޮއްވާ ފެނިފައިވަނީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް މިރޭ 20:30 ހާއިރު، ކުރިނބީ މާގަންމަގު (ހުޅަނގުކޮޅު) ގޮނޑުދޮށުގައި ރާޅުޖަހާ ހިސާބުގައި އޮއްވައެވެ.

އެސަރަހައްދުގައި ހުރި "ފެށުން" ގެ ޖާނަލިސްޓް ބުނީ، އަންހެން މީހާ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނުއިރު އޮތީ   ބަރަހަނާ ހާލުގައި ކަމަށާއި، މަރުވެގެން ގޮނޑުދޮށަށް ލައްގާފައި އޮތްކަމަށް ބެލެވޭ ކަމަށެވެ.

"އެ ޓީޗަރު އުޅެނީ މީހުން ދިރިއުޅޭ ގެއެއްގެ ކޮޓަރިއެއްގައި. މިރޭ 08:00 ހާއިރު ގައިގައި ބެޑްޝީޓެއް އޮޅާލައިގެން އެގެއިން ނިކުންނަތަން ފެނިފައިވޭ. އެ މަންޒަރު ފެނުމާއެކު ސްކޫލްގެ އެހެން ޓީޒަރުންނަށް އަންގައިގެން، ކައުންސިލާއި، ފުލުހުންނަށް ރިޕޯޓްކުރީ. އެވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ރަށު ރައްޔިތުން ދިޔައީ ކުރަމުން." މަޢުލޫމާތު އެނގޭ ފަރާތުން މިނޫހަށް ހާދިސާގެ ތަފްސީލު ކިޔައިދެމުން ބުނެފައިވެއެވެ.

އިތުބާރުހުރި މަސްދަރުތަކުން މިނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޓީޗަރު ދިރިއުޅޭ ކޮޓަރި ތެރޭގައި "ނޯޓެއް" ބާއްވާފައި އޮތެވެ. އެ ނޯޓުގައި ފާހަގަކޮށްފައިވަނީ "އާއިލީ މައްސަލައެއްގެ ވާހަކަ" ކަމަށް އެރަށުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި ފައިތުވި ދެތިން ދުވަހު އެ ޓީޗަރު ފެނިފައިވަނީ ވަރަށް ބޮޑަށް މާޔޫސްވެފައި ހުންނަ ކަހަލަ ގޮތަކަށް ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
91141403
ގުޅުންހުރި ލިޔުންތައް

3 Responses

  1. meedhaa

    e teecharu amihlayah bleach boegen maruvy.. faahanaa ahvadhe bleach boegen rajaa gandeh gaiga olhaagen dhuvefa gein nukumegen moodhaahisaabah dhevunee kiriyaa maruvegen vettunee.. eyna nukun gothun sahkku hoadhan feshithaa 30 varkah minet therey hashigandu fenihje raalhujahaa hisaabun..liyefa oeh note ga othee eyna aailee massala aa firimeehaa aamassala jehey vaahaka

    2
    1
  2. ވޭވާންޖީ

    ރަމްޔާއަކީ މުސްލިމެއްހެން ހީވަނީ ނަމުން. ޥީމަ ނުބައި އެއްޗެއް ނުގޮވުން އެދެން

    2
    3
    • ވަނަން

      ނިންމަތީ ތިއްކެ އެބައިން ހެން ހީވަނީ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ