ކުރިނބީން އަތުލައިގެން ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މަސްތުވާތަކެތި ބޭނުންކުރަނިކޮށް ހދ. ކުރިނބީން އަތުލައިގެން ދެމީހުންވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ލޯންޗުގައި މިމީހުން ގޮވައިގެން ކުޅުދުއްފުއްޓަށް ފުރާފައިވަނީ ދެންމެގެވަގުތެއްގައެވެ.

މަސްތުވާތަކެތި ބޭނުންކުރަނިކޮށް ކުރިނބީން އަތުލައިގެންފައިވަނީ އެރަށަށް ނިސްބަތްވާ ޒުވާނަކާއި އެއަތޮޅު ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާނެކެވެ. ކުޅުދުއްފުށީ ޒުވާނާއަކީ ކުރިނބި ސުކޫލުގައި އިމާރާތް ކުރަމުންދާ 5 ކްލާސް ރޫމްގެ މަސައްކަތް ސުޕަވައިޒް ކުރަން ފޮނުވާފައި ހުރި ސުޕަވައިޒަރެވެ.

މަސްތުވާތަކެތި ބޭނުންކުރަނިކޮށް މިދެޒުވާނުން އަތުލައިގެންފައިވަނީ ކުރިނބީއަށް ނިސްބަތްވާ ޒުވާނާގެ ކޮޓަރިންނެވެ.

މިކަމާއި ނުރުހުން ފާޅުކޮށް ކުރިނބީގެ ގިނަ ރައްޔިތުންތަކެއް މިއަދު މަގު މައްޗަށް ނުކުމެ އަޑުއުފުލާފައިވާއިރު، އެމީހުން ރަށުން ބާލަންދެން ފުލުހުންގެ ފަހަތުގައި ކުރިނބީ ރައްޔިތުން ޝުޢޫރު ފާޅުކުރަމުންގޮސްފައިވާކަމަށްވެސް މިނޫހަށްވަނީ މަޢުލޫމާތު ލިބިފައެވެ.

ކުޅުދުއްފުއްޓަށް ނިސްބަތްވާ އެމީހާ މަސްތުވާތަކެތި ބޭނުން ކުރަމުން ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެމީހާ އަތަށް އިންޖެކްޝަން ޖަހާ މަންޒަރު އެ ވީޑިއޯ އިން ފެނިގެން ދެއެވެ.

ފުލުހުން ދަނީ މިހާރު އެމައްސަލަ ތަހްގީގު ކުރުމަށް ހަރަކާތްތެރިވަމުންނެވެ.

https://feshun.wonstasite.com/106385

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ